
--
ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި އެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެމުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގަނެވުނު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެގޮތުން ސްޓެލްކޯގެ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރު، މި 35 މުވައްޒަފުންނަށް މިއަދު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދީފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައިއެވެ.
މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައިއެވެ.
މިއަދު އިފްތިތާޙުކުރި ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.
ގުޅުންހުރި

އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!

ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

.gif&w=3840&q=75)



