logoEN
Sto top
ސްޓެލްކޯގެ ސްމާޓް މީޓަރުގެ ނިޒާމް ގާއިމްކޮށް ނިމެނޭ: ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓްކުރެވޭނެ!

ސްޓެލްކޯގެ ސްމާޓް މީޓަރުގެ ނިޒާމް ގާއިމްކޮށް ނިމެނޭ: ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓްކުރެވޭނެ!

އަހުމަދު ޝުރާއު

logo

7/9/2025, 8:10:47 AM

# ސްޓެލްކޯ

-

ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތް ސްމާޓް މީޓަރުގެ ނިޒާމަކުން ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާ ކަމަށް އެކުންފުނީން މިއަދު ބުނެފި އެވެ.

Wamco

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެކަން ފަހުމީ ފާހަގަކުރެއްވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ ކަމަށެވެ.

މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުންކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެކަން ފަހުމީ ފާހަގަކުރެއްވި އެވެ.

" ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒް. މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން." ފަހުމި ވިދާޅުވިއެވެ.

ސްޓެލްކޯއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެކުންފުނީން ބަލަހައްޓަމުންދާ ރާއްޖޭގެ ހުރިހާ އިންޖީނެއްގައި ސްމާޓް ގްރިޑް ބޭނުން ކުރަން ފަށާފައި އެވެ މިއާއެކު ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside