
މާދަމާ ހެނދުނު މާލޭގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
# ސްޓެލްކޯ-
ކޮންމެހެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް މާދަމާ މާލެއިން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ހެނދުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހެނދުނު 06:00 އާއި 07:30 ގެ ދެމެދުގެ ވަގުތެއްގައި ކުޑަވަގުތުކޮޅަކަށެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.
އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން މާދަމާ ހެނދުނު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

މާދަމާ ހެނދުނު މާލޭގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯގެ ސްމާޓް މީޓަރުގެ ނިޒާމް ގާއިމްކޮށް ނިންމާ، ސެޕްޓެމްބަރުގެ ނިޔަލަށް އެންމެނަށް!
