logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް

ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

7/18/2025, 12:00:36 AM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

ޑީއެސްސީ އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި ރޭ ކުޅުނު މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ރާއްޖޭގެ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ނޭޕާލް ޓީމު ކާމިޔާބުކޮށްފިއެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓުގެ 33-31 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޭޕާލް ޓީމުންނެވެ. އަދި ދެވަނަ ސެޓުގައި ޑީއެސްސީގެ ފަރާތުން ތަންކޮޅެއް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ނޭޕާލް ޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ޖެހިގެންއައި ތިންވަަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑީއެސްސީ އިންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި ޑީއެސްސީގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 8-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside