logoEN
Sto top
ވީޑިއޯއެއް ހަދާލައިގެން ބާރަ ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު!

ވީޑިއޯއެއް ހަދާލައިގެން ބާރަ ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

7/17/2025, 6:18:35 PM

# މާލެ ސިޓީ ކައުންސިލް

-

ވީޑިއޯއެއް ހަދާލައިގެން އެއްވަނަ އަށް އަންނަ ފަރާތަކަށް ބާރަ ހާސް ރުފިޔާ ހުށަހަޅާފައިވާ މުބާރާތެއް މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާލައިފިއެވެ.

Wamco

ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ހުޅުވާލި މި މުބަރާތަކީ ޒުވާނުންގެ ހުނަރު އިތުރު ކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަޤްސަދުގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތަކީ "އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމަޢެއް ބިނާ ކުރުން" މި ޝިއާރުގެ ދަށުން 1 މިނެޓާއި 2 މިނެޓާއި ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. އަދި މީގެ ތެރެއިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު، ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ ފަރާތަތްތަކަށް ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ފައިސާގެ އިނާމް ތަކާއި އަދިވެސް އެހެނިހެން އިނާމްތައް ހުށަހެޅިފައިވާ މު މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަ ތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، މީގެ އިތުރުން ވީޑިއޯ ތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރަން ވަނީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ އެންމެ ފަހުގެ ތާރިޚާކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC