
ކާވާ ޗެންޕިއަންސް ލީގު: ފަހަތުން އަރައި ކަޒަކިސްތާންގެ ޒައިކުން ލަންކާގެ ޕޯޓްސް ބަލިކޮށްފި
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025ލަންކާގެ ޕޯޓްސް އާއި ކަޒަކިސްތާނުގެ ޒައިކް ވީސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސަން
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގެ ފުރަތަމަ މެޗުގައި ފަހަތުންއަރައި 3-1 ގެ ނަތީޖާއަކުން ސްރީ ލަންކާ ޕޯޓްސް ބަލިކޮށް ކަޒަކިސްތާނުގެ ޒައިކް ވީސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު މެންދުރު ކުޅުނު ފުރަތަމަ މެޗު ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލަންކާ ޓީމުންނެވެ.
ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ކަޒަކިސްތާނު ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރިސީވްތަކާއެކު އެޓޭކުތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ސެޓް 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 14-25 ގެ ނަތީޖާއަކުން ކަޒަކިސްތާނު ޓީމުން ކާމިޔާބުކުރިއިރު. މެޗުގެ ތިންވަނަ ސެޓް އެޓީކުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މެޗުގެ ހަތަރުވަނަ ސެޓުގައި ވެސް ކަޒަކިސްތާނު ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 15-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު 2025: ޑީއެސްސީ އަތުން ކަޒަކިސްތާނުގެ ޒައިކް ވީސީއަށް ފަސޭހަ މޮޅެ
ކާވާ ޗެންޕިއަންސް ލީގު 2025: ލާންކާގެ ޕޯޓްސް ބަލިކޮށް ބިޝްކެކް އެއްވަނައަށް
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް
