logoEN
Sto top
ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

7/16/2025, 5:03:29 PM

# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

-

"މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި އެވެ.

Wamco

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަނޑި 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިގްތިސާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވާޒީފާގެ ބާޒާރަށް ތައްޔާރުކުރުގެ މަޤްސަދުގައި، ވަރލްޑްބޭންކްގެ އެހީއާއެކު ހަޔާ އެޑިއުކޭބަން މިނިސްޓްރީގެ ދަށުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އިފްތިތާހްކުރީ މީގެ ދެތިން މަސް ކުރީންނެވެ.

އެއްވެސް ފީ އަކާއި ނުލައި މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހަކީ 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ހިންގޭ ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެކެވެ.

ކޯސްތަކަށް ކުރިމަތިލުމަށް ހުށަހަޅާންޖެހެނީ ނެޝަނަލް ކެރިއަރސް ސާވިސް ގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށެވެ.

މި ޕްރޮގްރާމްގެ ދަށުން ޤައުމީ ސަނަދު ލެވެލް 3 ގެ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިޔަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ. "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މަޤްޞަދަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމެވެ.

އަދި މި ކޯސްތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.

ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހިލޭ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގާނެ ރަށްތައް:

- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ (ދ.ރިނބިދޫ، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ (ދ.ކުޑަހުވަދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ (ބ.ފުޅަދޫ، ވ.ކެޔޮދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް (ސ.ހިތަދޫ، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް (ކ.ދިއްފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު (ނ.ޅޮހި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ (ކ.ހިންމަފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް (ހދ.ކުޅުދުއްފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް (ހއ.ހޯރަފުށި، ށ.މިލަންދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ (ރ.ދުވާފަރު، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ (ގދ.ތިނަދޫ، ޔ.ފުވައްމުލަށް)

- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް (ކ.މާލެ)

ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް (ބ.ކިހާދޫ، ހަ.ކެލާ)

E living
ކޮމެންޓް
E living
ފަހުގެ
HDC