
ބީޗް ހޭންޑްބޯޅަ: ކޮމަންވެލްތް ގޭމްސްއަށް ވަރުގަދަ ޓީމެއް އެކުލަވާލަނީ
# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރުރާއްޖޭގެ ބީޗު ހޭންޑްބޯޅަ ރާއްޖޭއިން ބޭރުގައި ކުޅެނީ.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް
މިއަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި، ވާދަކުރުމަށް ވަރުގަދަ ޓީމެެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޭންޑްބޯޅަ މޯލްޑްވްސް އިން ބުނެފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ގައުމީ ޓީމުގެ ޓްރައިއައުޓްސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހުޅުމާލޭ ބީޗު ހޭންޑްބޯޅަ ކޯޓުގައި މިމަހު 16، 17 އަދި 18 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ޓްރައިއައުޓްސް ކުރިއަށްގެންދިއުމަށްފަހު މިމަހުގެ 20، 21 އަދި 2އ ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ވެސް ޓްރައިއައުޓްސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ކުރިން ކުޅުދުއްފުށީ ސިޓީގައި ޤައުމީ ޓީމުގެ ސެލެކްޝަން ބާއްވާފައި ވަނީ މާލޭ ސަރަހައްދުގައި ބީޗު ހޭންޑްބޯޅަ ޓްރޭނިންގ ކުރިއަށް ގެންދާނެ ރަނގަޅު ފެންވަރުގެ ބީޗު ހޭންޑްބޯޅަ ކޯޓެއް ނެތުމުންނެވެ. ނަމަވެސް މިހާރު ކޮންމެ ވެސް ސިފައެއްގައި ހުޅުމާލޭގައި ބީޗު ހޭންޑްބޯޅަ ޓްރައިއައުޓްސް ކުރިއަށްގެންދެވެން އެބައޮތް"..
މީގެ އިތުރުން ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަށް އެކުލަވާލެވޭ ޤައުމީ ޓީމު އެމުބާރާތައްފަހު, އަންނަ އަހަރު ޖެނުއަރީ މަހު ޕާކިސްތާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރުލުން ބާއްވައިފި

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރުލުން މިރޭ

ބީޗް ހޭންޑްބޯޅަ: ކޮމަންވެލްތް ގޭމްސްއަށް ވަރުގަދަ ޓީމެއް އެކުލަވާލަނީ
