
ނޯތު މާލޭ ލީގު: ފަސޭހަކަމާއެކު ފަރި އައިލެންޑްސް ބަލިކޮށް ކުޑަ ހުރާ އިން ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # ނޯތު މާލޭ ލީގު# ރިސޯޓް ވޮލީބޯޅަ ލީގު 2025ކުޑަހުރާއި ފަރި އައިލެންޑްސް ވާދަކުރި މެޗުގެ ތެރެއިން..
ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގައި ހިމެނޭ ނޯތު މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ފަރި އައިލެންޑްސް ބަލިކޮށް ކުޑަ ހުރާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ކުޑަހުރާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 18 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 07-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ފަރި އައިލެންޑްސް އިން އެޓީމުގެ ކުޅުން ކޮންމެ ވެސް ވަރަކަށް ރަނގަޅުކުރި ނަމަވެސް މި ސެޓު ވެސް އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަހުރާ އިންނެވެ.
މީގެ އިތުރުން މެޗުގެ ތިންވަނަ ސެޓުގައި ފަރި އައިލެންޑްސް އިން ސެޓުގެ ކުރީކޮޅު ދެޕޮއިންޓްގެ ލީޑެއް ހޯދިއިރު، ކުޑަހުރާ އިން ލީޑު ފުޅާކުރީ 10-10 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމަށްފަހު އެވެ. އަދި މިސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 18-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުޑަހުރާގެ އަބްދުﷲ ހަސަން އެވެ.
14 ޖުލައި 2025 އިން 28 ޖުލައި 2025 ގެ ނިޔަލަށް ވަން އެންޑް އޮންލީ ރީތި ރަށުގައި ކުރިއަށްދާ، ނޯތު މާލެ ލީގުގައި މިއަހަރު ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއްކުޅެ އެމެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ
ގުޅުންހުރި

ނޯތު މާލޭ ލީގު: ފަސޭހަކަމާއެކު ފަރި އައިލެންޑްސް ބަލިކޮށް ކުޑަ ހުރާ އިން ފެށުން ރަނގަޅުކޮށްފި

ފަސޭހަކަމާއެކު އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި
