logoEN
Sto top
ފަސޭހަކަމާއެކު އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި

ފަސޭހަކަމާއެކު އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި

ހަސަން ޝަމްއޫން

logo

7/14/2025, 6:20:59 PM

# ޤައުމީ ވޮލީބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ޑީއެސްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގާފު ސްޕޯޓްސް

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވާދަކުދި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޑީއެސްސީ އިން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެެ.

Wamco

މީގެ އިތުރުން ޑީއެސްސީ އިން ވަނީ މިސީޒަނުގެ އެސޯސިއޭޝަން ޗެންޕިއަންޝިޕާއި، ގައުމީ ލީގު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ. މީގެ ކުރިން ސީޒަނުގެ ހުރިހާ މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ޑީއެސްސީގެ އިތުރުން 2022 ވަނަ އަހަރު ސްޕޯޓްސް ކްލަބް ސިޓީންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލުގައި، ޑީއެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ޑީއެސްސީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މިސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޑީއެސްސީ އިން މިސެޓް ކާމިޔާބުކުރީ 24-26 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގު ޔާދަވް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ހުސައިން ރަޒާން (ޑީއެސްސީ)، ހުސެއިން ޝާހިދު (ޑީއެސްސީ)، އިސްމާއިލް ސާޖިދު (އެޗްޑީސީ)، ޖިރާލްޑޯ (އެޗްޑީސީ)، ލުއިޒް (ޑީއެސްސީ) އަދި ޗިރާގު ޔާދަވް (ޑީއެސްސީ) އެވެ. އަދި އެންމެ މޮޅު ކޯޗަކީ، ޑީއެސްސީ ޓީމުގެ ޖުނައިދު އަބްދުﷲ (މާމަ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީ ޓީމުގެ ޗިރާގު ޔާދަވް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside