logoEN
Sto top
ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

7/5/2025, 2:11:03 PM

# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަން ފައިނަލުގައި މިއަދު ހަވީރު، ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެންޕިއަން ފެމެލީ ބޭކާސް 2-1 ގެ ނަތީޖާއަކުނއ ބަލިކޮށް އޮޑި ސްޕޯޓަސް ކުލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން އޮޑި ސްޕޯޓްސް ކުލަބު ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ޖީ ޓައުން ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދީ ސެމީފައިންގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 23-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެމެލީ ބޭކާސް އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 29-12 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އޮޑި ސްޕޯޓްސް ކުލަބުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅު ޝޫޓްއައުޓް ސެޓް 6-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޑި ސްޕޯޓްސް ކުލަބުން ވަނީ ދެ ސެޓު އެއްސެޓުން މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޑި ސްޕޯޓްސް ކުލަބުގެ ރައުލް އައްސަދު އެވެ.

މީގެ އިތުރުން މުބާރާތުގެ ޗެންޕިއަންކަން އޮޑި ސްޕޯޓްސް ކުލަބުން ހޯދިއިރު، ފައިނަލުގައި އެޓީމު އަތުން ބަލިވި ފެމެލީ ބޭކާސް ކުޅުދުއްފުށި ސިޓީގެ ސްކޮޑުގައި ހިމެނޭ 10 ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިންނަކީ އެންމެ ފަހުން އެކުލަވާލި ބީޗް ހޭންޑްބޯޅަ ޓީމާއެކު އޮމާނަށް ދިޔަ ޤައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ރައުލް އައްސަދު (އޮޑި އެސްސީ)، އަހުމަދު ނަހުޒާން ނަބީލް (އޮޑި އެސްސީ)، ފަތުހުﷲ އާދަމް (ފެމެލީ ބޭކާސް) އަދި ޝަމްނޫޒް މުހައްމަދު ނައީމް (ފެމެލީ ބޭކާސް) އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޑި ސްޕޯޓްސް ކުލަބުގެ ރައުލް އައްސަދު އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside