
ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި
# ދިވެހި ކުޅިވަރު # ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ކުޑަހުވަދޫ ސްޕޯޓްސް ކުލަބްކުލަބު ހުޅުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ފައިނަލް ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޖީ ޓައުން ބަލިކޮށް ކުލަބު ހުޅުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ކުލަބު ހުޅު ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ކުއީންސް ބަލިކޮށްފައެވެ. އަދި ޖީ ޓައުން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ސީދާ ދެ ސެޓުން ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 11-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ހުޅުން މެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 19-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖީ ޓައުން އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅު ޝޫޓްއައުޓް ސެޓް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ހުޅުން ވަނީ ދެ ސެޓު އެއްސެޓުން މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ހުޅުގެ ގޯލްކީޕަރު އައިނާ ލަތީފް އެވެ.
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އައިނާ ލަތީ (ކުލަބު ހުޅު)، ޒުހާ ހުސެއިން (ކުލަބު ހުޅު)، ފާތުމަތު އަރުޝާ (ކުލަބު ހުޅު) އަދި ފާތިމަތު ޖުނާ (ޖީ ޓައުން) އެވެ. އަދި މުބާރާތު މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ހުޅުގެ ފާތުމަތު އަރުޝާ އެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
