logoEN
Sto top
ޖައިކާ/ޖީ.ސީ.އެފް މަޝްރޫޢުގެ ދަށުން ސ. މީދޫގައި ބީޗް ސާފުކުރުމުގެ ކޮމިއުނިޓީ ހަރަކާތެއް!

ޖައިކާ/ޖީ.ސީ.އެފް މަޝްރޫޢުގެ ދަށުން ސ. މީދޫގައި ބީޗް ސާފުކުރުމުގެ ކޮމިއުނިޓީ ހަރަކާތެއް!

އަހުމަދު ޝުރާއު

logo

7/15/2025, 6:43:28 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ޖައިކާ (JICA) އަދި ގްރީން ކްލައިމެޓް ފަންޑް (GCF) މަޝްރޫޢުގެ ދަށުން، ސ. މީދޫގައި ކޮމިއުނިޓީ ބީޗް ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

މި ހަރަކާތަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މި ހަރަކާތުގައި، މީދޫގެ އެކި މުއައްސަސާތަކުގެ މެންބަރުންނާއި، ދެފަރާތުން ބައިވެރިވާ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ފޯރިއާއެކު ބައިވެރިވެފައެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ތިމާވެށި ސާފުތާހިރުކޮށް ދެމެހެއްޓުމާއި، ރައްޔިތުންގެ މެދުގައި ތިމާވެށި ރައްކާތެތިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި ހަރަކާތުގެސަބަބުން ގޮނޑުދޮށް ސާފުވެ، ކަނޑަށް އަޅާ ކުނިބުނި މަދުކުރުމަށް މަސައްކަތްކުރެވިފައިވާ ކަމަށާއި މިފަދަ ކޮމިއުނިޓީ މަސައްކަތްތަކަކީ ރަށުގެ ރައްޔިތުން އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ހިތްވަރުދޭ އަދި ތިމާވެއްޓަށް އިޙްތިރާމްކުރާ ބަޔަކަށް ވުމަށް މަގުފަހިކޮށްދޭ ކަންކަމުގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC