
އޭޝިއާ ޕެސިފިކުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް ތާރިގް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
އޭޝިއާ ޕެސިފިކްގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ހަވަނަ ސެޝަންގެ މިނިސްޓީރިއަލް ސެގްމެންޓްގެ ބިއުރޯގެ ނާއިބު ރައީސްކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް އިންތިހާބުކޮށްފި އެވެ.

މި މަޤާމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް އިންތިޚާބުވެފައިވަނީ، މި ސަރަޙައްދުގެ ޤައުމުތަކުން ވޯޓުދީގެންނެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ މަސްރަޙުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގަދަރެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ތިމާވެށީގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައިވެސް ރާއްޖެއިން މިކަން ސިފަކުރެއެވެ.
އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމަކީ، ސަރަޙައްދީ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިއްމު މަންސައެކެވެ.
މި ފޯރަމްގެ ބިއުރޯގެ ނާއިބު ރައީސްކަމުގެ މަޤާމު ރާއްޖެއަށް ލިބުމަކީ، މި ސަރަޙައްދުގައި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.
ގުޅުންހުރި

ބައިނަލްއަޤްވާމީ ވޭލް ޝާކު ދުވަހުގެ މުނާސަބަތުގައި ޚާއްސަ ލެކްޗަރެއް ބާއްވަނީ

ގްރީން ކްލައިމެޓް ފަންޑުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫޢު ޔޫ.އެން.އީ.ޕީ އާއިއެކު ފަށަނީ

އޭޝިއާ ޕެސިފިކުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް ތާރިގް!
