logoEN
Sto top
ޔޫތް ޓްރެކް ޓު ކޮޕް30 އަކީ ދިވެހި ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއް - ޔުނިސެފް

ޔޫތް ޓްރެކް ޓު ކޮޕް30 އަކީ ދިވެހި ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއް - ޔުނިސެފް

އަހުމަދު ޝުރާއު

logo

8/4/2025, 5:49:15 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ޒުވާނުންގެ ހަރަކާތްތެރި ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ފަށާފައިވާ '#YouthTrackToCOP30' ޕްލެޓްފޯމަކީ، ގައުމީ މޫސުމީ ކާރިސާއަށް ހައްލު ހޯދުމަށް ޒުވާނުންނަށް އެއްވެ، ގާބިލުކަން އިތުރުކޮށް، ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު މަންސައެއް ކަމަށް ޔުނިސެފް އިން ބުނެފިއެވެ.

Wamco

މި ހަރަކާތުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އެޑީ އެޑައި ވާހަކަ ދައްކަވަމުން ވިދާޅުވީ، "#YouthTrackToCOP30 އަކީ ދިވެހި ޒުވާނުންނަށް އެއްވުމާއި، ޤާބިލުކަން އިތުރުކުރުމާއި، ގުޅުންތައް ބަދަހިކުރުމާއި، ގައުމީ މޫސުމީ ކާރިސާއަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މަންސައެއްގެ ގޮތުގައި ދެކޭކަމަށެވެ. އޭނާ މިހެން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިކަމަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައެވެ.

މި ޕްލެޓްފޯމުގެ މައިގަނޑު މަގްސަދަކީ، އަންނަ 2025 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމީ ބަދަލުތަކާބެހޭ ސަމިޓް، ކޮޕް30 (Conference of Parties - COP30) އަށް ދިވެހި ޒުވާނުން ތައްޔާރުކުރުމެވެ. މި ދަތުރުގެ ތެރެއިން ޒުވާނުންނަށް މޫސުމީ ބަދަލުތަކާ ގުޅުންހުރި މައުލޫމާތާއި ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އެ ބައިވެރިންނަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަޑުއުފުލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، ޒުވާނުންނަށް މޫސުމީ ބަދަލުތަކާ ގުޅުންހުރި މުހިންމު ސިޔާސަތުތަކާއި، އިންނޮވޭޝަންތައް ތަރައްގީކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މޫސުމީ ކާރިސާއާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޒުވާނުންގެ ހިޔާލުތަކާއި، ހުނަރުތައް އިތުރުކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC