
ރާއްޖޭގައި ކެމިކަލް މެނޭޖްމަންޓް ހަރުދަނާ ކުރުމަށް ފުރަތަމަ ފަހަރަށް ވޯކްޝޮޕެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރާއްޖޭގައި ކެމިކަލްތަކާއި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ މުއައްސަސީ ގާބިލުކަން އިތުރުކޮށް، ކެޕޭސިޓީ ބިލްޑިންގ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކެމިކަލްސް މެނޭޖްމަންޓް ކޮންސަލްޓަންޓް އެސްޕްލޭން ޕްރައިވެޓް ލިމިޓެޑާއެކު ފުރަތަމަ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ޓެކްނިކަލް ގާބިލުކަން ވަރުގަދަކޮށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކެމިކަލް މެނޭޖްމަންޓުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އުކުޅުތަކާއި، ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ކެމިކަލްތަކާއި ކުނި ރަނގަޅަށް މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ގުޅުންހުރި

ބައިނަލްއަޤްވާމީ ވޭލް ޝާކު ދުވަހުގެ މުނާސަބަތުގައި ޚާއްސަ ލެކްޗަރެއް ބާއްވަނީ

ގްރީން ކްލައިމެޓް ފަންޑުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫޢު ޔޫ.އެން.އީ.ޕީ އާއިއެކު ފަށަނީ

އޭޝިއާ ޕެސިފިކުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް ތާރިގް!
