logoEN
Sto top
ދައުލަތުގެ މުއައްސަސާތަކަށް ކްލައިމެޓް ފައިނޭންސް ޓެގިންގެ ތަމްރީނު ބާއްވައިފި

ދައުލަތުގެ މުއައްސަސާތަކަށް ކްލައިމެޓް ފައިނޭންސް ޓެގިންގެ ތަމްރީނު ބާއްވައިފި

އަހުމަދު ޝުރާއު

logo

8/12/2025, 6:00:39 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދިޕާރޓްމެންޓުން، ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށްގެން ކްލައިމެޓް ފައިނޭންސް ޓެގިންގެ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

Wamco

މި ތަމްރީނު ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ތަމްރީނު ބާއްވާފައިވަނީ "މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި އެކަމަށް އާދަވުންތައް އިތުރުކުރުމުގެ ހަރަކާތްތަކުގެ ތަފާތު ސާފުކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢު" (ސީ.ބީ.އައި.ޓީ މޯލްޑިވްސް ޕްރޮޖެކްޓް) ގެ ދަށުންނެވެ. މި މަޝްރޫޢަށް ފައިނޭންސް ލިބެނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިން ކަމަށްވާއިރު، މިނިސްޓްރީން ތަންފީޒުކުރަމުން އަންނަ މި މަޝްރޫޢަށް އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ އެހީތެރިކަން ލިބެއެވެ.

ތަމްރީނު އިފްތިތާޙް ކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާޙްއެވެ. އެ މަނިކުފާނު ވަނީ ކްލައިމެޓް ފައިނޭންސް ޓްރެކިންގ ސާފުކަމާއެކު ކުރުމަށާއި، ޕެރިސް އެގްރީމެންޓްގެ ދަށުން ދިވެހިރާއްޖެ ވެފައިވާ ވައުދުތައް ފުއްދުމަށް މުއައްސަސީ ޤާބިލުކަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ، ސީ.ބީ.އައި.ޓީ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށްފައިވާ ކްލައިމެޓް ބަޖެޓް ޓެގިންގެ ގައިޑްލައިންތައް ބޭނުންކޮށްގެން، ކްލައިމެޓް ބަޖެޓް ޓެގިން ތަންފީޒުކުރުމަށް ސަރުކާރުގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމެވެ. ކްލައިމެޓް ބަޖެޓް ޓެގިންގގެ ސަބަބުން، ޤައުމީ އަދި ސެކްޓަރަލް ބަޖެޓުތަކުން މޫސުމީ ބަދަލުތަކާ ގުޅުންހުރި ހަރަދުތައް ނިޒާމީ ގޮތެއްގައި ދެނެގަނެ، ބައިތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ކްލައިމެޓް ފައިނޭންސްގެ ސާފުކަން އިތުރުކޮށް، ޔޫ.އެން.އެފް.ސީ.ސީގެ ޕެރިސް އެގްރީމެންޓްގެ އެންހެންސްޑް ޓްރާންސްޕެރެންސީ ފްރޭމްވޯކް (އީ.ޓީ.އެފް) ގެ ދަށުން ރިޕޯޓުކުރުމުގެ ޒިންމާތަކަށް އެހީތެރިވެދޭނެ ކަމެކެވެ.

މި ތަމްރީނު ދެއްވާފައިވަނީ އަޕް ކްލޯސް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑރ. މަރިޔަމް އަނާ ޙަސަންއާއި، އޭތަރ ޕްރައިވެޓް ލިމިޓެޑްގެ މިސްޓަރ ޖޭމްސް ސެމިއުޓްއެވެ. މި ސެޝަންގައި ޕްރެޒެންޓޭޝަންތަކާއި، ގައިޑްލައިންތައް އަމަލީގޮތުން ބޭނުންކުރާނެ ގޮތްތައް ދައްކުވައިދިނުމަށް އިންޓަރެކްޓިވް ކަސްރަތުތައް ހިމަނާފައިވެއެވެ.

މި ތަމްރީނުގައި ޖުމްލަ 37 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި 14 ފިރިހެނުންނާއި 23 އަންހެނުން ހިމެނެއެވެ. ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވާމްކޯ)، މޯލްޑިވްސް އިސްލާމިކް ބޭންކް ޕީ.އެލް.ސީ (އެމް.އައި.ބީ)، ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އެމް.ޓީ.ސީ.ސީ، ދިރާގު އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC