logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/5/2025, 6:30:47 AM

# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ފެމެލީ ބޭކާސް އާއި އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަން ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން އޮޑި އާރުޑިއެލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފެމެލީ ބޭކާސް ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 20-21 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެމެލީ ބޭކަސް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 10-16 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާރުޑީއެލް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 7-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެންޕިއަން ފެމެލީ ބޭކާސް އިން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެމެލީ ބޭކާސްގެ ފަތުހުﷲ އާދަމް އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside