logoEN
Sto top
ކުލަބު ވޯލްޑްކަޕް: ޕާމާގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ޗެންޕިއަންކަން ހޯދައިފި

ކުލަބު ވޯލްޑްކަޕް: ޕާމާގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

7/13/2025, 8:50:17 PM

# ޗެލްސީ# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީ# ފީފާ ކުލަބު ވޯލްޑްކަޕް 2025

ކޯލް ޕާމާ ޕީއެސްޖީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ޕީއެސްޖީ އާއި ޗެލްސީ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

ޕީއެސްޖީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑް 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޗެލްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގަައި 2-0 ގެ ނަތީޖާއަކުން ފްލެމިނެންސް ބަލިކުރުމަށްފަހު އެވެ.undefined

ޗެލްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކައުންޓާ އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާއެވެ. އަދި އޭގެ އަށް މިނެޓްފަހުން ޕާމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ޗެލްސީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިމުބާރާތުގެ ތެރެއިން އެޓީމާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. މިއީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޕީއެސްޖީގެ ޖޮއާއު ނެވޭސް ކުޅުމުން ބޭރުގައި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭލާއަށް ކުރިފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ.undefined

ކޯލް ޕާމާ

މިއާއެކު މެޗުގެ ބާކީބައި ޕީއެސްޖީ އިން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އަދި މެޗުގެ ކުޅުންނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ފުރަތަމަ ދެލަނޑު ކާމިޔާބުކުރި ކޯލް ޕާމާ އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ގޯލްކީޕަރަކަށް ޗެލްސީގެ ރޮބަޓް ސަންޗޭޒް ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓް ލިބުނީ ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާއަށެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ޕީއެސްޖީގެ ޑިޒާއި ޑޫއޭ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside