logoEN
Sto top
ޒަކަރިއްޔާ ނިޔާވެފައި އޮތްވާ ފެނިއްޖެ: ހަށިގަނޑު އޮތީ ގަމަށް ލައްގާފައި!

ޒަކަރިއްޔާ ނިޔާވެފައި އޮތްވާ ފެނިއްޖެ: ހަށިގަނޑު އޮތީ ގަމަށް ލައްގާފައި!

އަހުމަދު ޝުރާއު

logo

7/13/2025, 7:16:51 AM

# ގައްދޫ ކައުންސިލް

ޒަކަރިއްޔާގެ ހަށިގަނޑު ލައްގާފައި އޮތްވާ ފެނުނު ގދ ގަން :- ގާފު ފޮޓޯ | އަހުމަދު ޝުރާއު

ގެއްލިގެން ހޯދަމުންދިޔަ ގައްދޫއަށް ނިސްބަތްވާ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ނިޔާވެފައި އޮތްވާ ފެނިއްޖެ އެވެ.

Wamco

ކުޑަ ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް އެރަށުގެ ކައުންސިލާއި ސަލާމަތީ ބާރުތައް ގުޅިގެން ކުރަމުންދާއިރު ޒަކަރިއްޔާގެ ހަށިގަނޑު މިއަދު ފެނުނީ ގަމަށް ލައްގާފައި އޮތްވާ ކަމަށް އެރަށުން ގާފަށް މައުލޫމާތު ދިން ފަރާތަކުން ވަނީ ބުނެފައި އެވެ. އެގޮތުން ހަށިގަނޑު ފެނުނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އާންމުންގެ ދެމީހަކަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައި އެވެ.

ޒަކަރިއްޔާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހަށިގަނޑު ގައްދޫއަށް ގެންދިޔުމުގެ މަސައްކަތްވެސް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައި އެވެ.

ޒަކަރިއްޔާ ހޯދުމަށް ފާއިތުވި 3 ދުވަހު ގައްދޫގެ ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފައި އެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ޒަކަރިއްޔާ ގަމަށް ދަތުރުކުރި ޑިންގީ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ވަނީ ފެނިފައި އެވެ.

ޒަކަރިއްޔާ ހޯދުމަށް އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެ މަގުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ. އަދި އޭނާ ހޯދުމަށް ކައުންސިލްގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުވެސް ވަނީ އެކްޓިވޭޓްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside