logoEN
Sto top
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްއެބަދޭ - ގައްދޫ ކައުންސިލް

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްއެބަދޭ - ގައްދޫ ކައުންސިލް

އަހުމަދު ޝުރާއު

logo

7/11/2025, 1:12:57 AM

# ގައްދޫ ކައުންސިލް

-

ގދ. ގައްދޫން އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައިދަތުރުފެށި ފަހުން ގެއްލުނު 75 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.

Wamco

އިއްޔެ ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރު އެވެ. އެގޮތުން ގެއްލިގެން ހޯދަމުން އަންނަނީ ގައްދޫ ޒަކަރިއްޔާ މުހައްމަދު އެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ގައްދޫގައި އިއްޔެގެ ވަގުތެއްގައި ދިމާވި ކާރިޘާ އާއި ގުޅިގެން ކައުންސިލަށް ރިޕޯޓުކުރެވުނު ވަގުތުން ފެށިގެން ގައްދޫގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ.

އަދި ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި އެކު ގައްދޫގެ ޓީމްތަކުންނާއި އެރަށާއި ކައިރީގައި ހިންގަމުންދާ އަޔާޑާ މޯލްޑިވްސްގެ ފަރާތުން ދުރާއި ކައިރި ހިމެނޭހެން ކުރިއަށްދާ ސަރޗް އޮޕަރޭޝަންވެސް މެދުކަނޑާނުލައި ކުރިއަށް ދާކަމަށް ކައުންސިލްގެ ރައީސް ވަނީ ފާހަގަކޮށްފައި އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside