logoEN
Sto top
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އިއުލާންކޮށްފި

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އިއުލާންކޮށްފި

# ގައްދޫ ކައުންސިލް# ދިވެހި ކުޅިވަރު

--

ރާއްޖޭގައި މީހަތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް "ގައްދޫ ފުޓްސަލް ޗެލެންޖް 2025" ބޭއްވުމަށް ގދ. ގައްދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.

Wamco

ގައްދޫ ކައުންސިލުން މިއަދު ގެޒެޓްކުރި އިއުލާނެއްގައިބުނެފައިވަނީ ކައުންސިލްގެ 2025ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން 'ގައްދޫ ފުޓްސަލް ޗެލެންޖް 2025' މިއަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހު ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓީމްތައް ބައިވެރިވުމުގެ ފުރުސަތު 2025 ސެޕްޓެމްބަރު މަހުގައި ހުޅުވާލެވޭނެ ކަމަށްވެސް ގައްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިންތިޒާމްތައް އެހެން އަހަރުތަކަށްވުރެ ފުރިހަމަވާނެ ކަމަށް ގައްދޫ ކައުންސިލުން ބުނެއެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ ދިވެހި ރާއްޖޭގެ ޓީމްތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓީމްތަކަށްވެސް ބައިވެރިވެވޭގޮތަށެވެ.

"މިއީ މިކައުންސިލުން ގައްދުއަށާއި މުޅި ހުވަދު އަތޮޅަށް ގެންނާނެ ފުޓްސަލް ކުޅިވަރުގެ ލާސާނީއަކަށް ވެގެންދާނެ" - ގައްދޫ ކައުންސިލް

ގައްދޫ ފުޓްސަލް ޗެލެންޖް 2025 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ އަހަރުތަކާއި މުޅިންތަފާތުކޮށް ފިރިހެން ޑިވިޝަނަށް އެކަނި އަމާޒުކޮށެވެ.

ފިރިހެން ޑިވިޝަންގެ ފައިސާގެ އިނާމްތައް ބެހިފައިވާ ގޮތް؛

  • މުބާރާތުގެ ޗެމްޕިއަންޓީމަށް ތިންލައްކަ ރުފިޔާ
  • މުބާރާތުގެ ރަނަރަޕް ދޮޅުލައްކަ ރުފިޔާގެ ފައިސާ
  • މުބާރާތުގެ ތިންވަނައަށް ހޮވޭ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާ
  • މުބާރާތުގެ ފެއަރޕްލޭ ޓީމަށް ތިރީސްހާސް ރުފިޔާ
  • ކިންގް: ވިހިހާސްރުފިޔާ
  • ޓޮޕް ސްކޯރާ: ފަސްހާސްރުފިޔާ
  • ޕްރޮމިސިންގް ޕްލޭޔަރ: ފަސްހާސްރުފިޔާ

ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްއަކީ 2022 ވަނަ އަހަރުން ފެށިގެން ގައްދޫ ކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުވެސް މި މުބާރާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައި އެވެ. މިއީ މި މުބާރާތް ބޭއްވޭ ހަތަރުވަނަ އަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside