
-
ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ލިބިގެންދިޔަ ފުރަތަމަ ރޭންޖަރސް ތަމްރީނު ކޯސް ފުރިހަމަކުރި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ހިންގި، އަދި އެންދެރި ޕްރޮޖެކްޓުން ފަންޑުކުރި ތާރީޚީ މަސައްކަތެކެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމް.އެން.ޔޫ ލ. ގަން ކެމްޕަސްގައެވެ. މި ކޯސް ފުރިހަމަކުރި ޖުމްލަ 17 ދަސްވެނިންނަށް ސެޓްފިކެޓް ދެވުނުއިރު، މީގެ ތެރޭގައި ލ. އަތޮޅުން ސްކޮލަރޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި އެމް.އެން.ޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހައްސާން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންގެ މުހިންމުކަން ފާހަގަކުރައްވައި، މުސްތަޤުބަލުގައި މިފަދަ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތި ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ ރޭންޖަރސް ތަމްރީނު ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފި

އީޔޫއާއި އިނގިރޭސިވިލާތުންވެސް ރާއްޖޭގެ މަސްވެރިކަމާއިބެހޭ އެއްވެސް ކުންފުންޏެއް ބްލެކްލިސްޓު ނުކުރޭ!

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސައުދީއާއި އެކު މަޝްވަރާކޮށްފި
