



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ލ ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު މަސްތުވާތަކެއްޗާއިއެކު އަތުލައިގެންފި އެވެ.
ފުލުހުން އިއްޔެ ބުނީ ލ. ގަމުގެ މުކުރިމަގު ބަނދަރު ސަރަހައްދުގައި އިއްޔެ މެންދުރު ހިންގި މަސްތުވާތަކެތި އޮޕަރޭޝަނެއްގައި އެއަތޮޅުގެ ފެރީއިން ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު އަތުލައިގަނެފައިވާ ކަމަށެވެ.
އެގޮތުން އެމީހާއަކީ އުމުރުން 35 އަހަރުގެ ދިވެއްސަެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 321.40 ގްރާމްގެ ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު އަދި މިހާތަނަށް އޭނާގެ ވަނަވަރު ހާމައެއް ނުކުރެއެވެ.








.jpg?w=3840&q=75)