logoEN
Sto top
ހިންމަފުށީ ގޮނޑުދޮަށް ހިމާޔާތްކުރުމުގެ މަޝްރޫއު: ރިވެޓްމެންތުގެ 50 އިންސައްތަ ނިމިއްޖެ

ހިންމަފުށީ ގޮނޑުދޮަށް ހިމާޔާތްކުރުމުގެ މަޝްރޫއު: ރިވެޓްމެންތުގެ 50 އިންސައްތަ ނިމިއްޖެ

އަހުމަދު ޝުރާއު

logo

7/10/2025, 8:11:04 AM

# އެމްޓީސީސީ

-

ކ ހިންމަފުށީގެ ގޮނޑުދޮަށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ރިވެޓްމެންޓުގެ މަސައްކަތް ކަމަށާއި އެމަސައްކަތުގެ 50 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރަން ހަމަޖެހިފައިވަނީ 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 53 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 127 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތެވެ.

ސަރުކާރުން ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 10.93 މިިލިއަން ރުފިޔާއަށް 180 ދުވަހުން ނިންމާ ގޮތަށް 2023 ވަނަ އަހަރު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside