logoEN
Sto top
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސް - މެޓް

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސް - މެޓް

އަހުމަދު ޝުރާއު

logo

7/10/2025, 7:13:15 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ރާއްޖޭގެ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

Wamco

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއި އެކު ގުގުރާނެ ކަމަާއި ވަކީން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެކަށީގެންވާ ކަމަށެވެ.

އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ގަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.

މިއާއި އެކު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside