
އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އޭޑީބީއާއިއެކު މަޝްވަރާކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ---
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރީޖަނަލް ހެޑް، މިސްޓަރ ތިއާމް ހީ ންގް އަދި ސީނިއަރ އިކޮނޮމިސްޓް، މިސް އެލިސަބެތާ ޖެންޓިލްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އޮފީހުގައި އިއްޔެ އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، އޭ.ޑީ.ބީ.ގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑަށް މަޝްވަރާކުރެވުނީ އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކަމަށެވެ.
ޚާއްސަކޮށް، ރާއްޖެއަށް އާ ބާރުގެ ހަކަތަ (ރީނިއުވަބަލް އެނަރޖީ) ތަރައްޤީ ކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި މެދު ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެންވަޔަރަެންޓު މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް، މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި

އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އޭޑީބީއާއިއެކު މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް!
