
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެޕްރޮގްރާމްގެ ދަށުން، މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތްތަކެއްކުރިއަށް ގެންގޮސްފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ޙަރަކާތްތަކުގައި ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސްވެސް މި އަތޮޅުތަކުގެ ރަށްތަކަށް ހަދިޔާކުރެވުނު ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމެއް ވަނީ މ. އަދި ރ. އަތޮޅުގެ ހުރިހާ ރަށަކަށްޒިޔާރަތްކޮށް، ގަސް އިންދުމުގެ ޕްރޮގްރާމުގައި އަމަލީ ގޮތުން ބައިވެރިވެފައި އެވެ. މިގޮތުން، މި ދެ އަތޮޅުގެ ކޮންމެ ރަށަކަށްއާންމުކޮށް ރަށްރަށުގައި ހެދޭ 50 ގަހާއި، ހާއްސަކޮށް ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް އިންދާފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެޕްރޮގްރާމަށް ހަދިޔާ ކުރައްވާފައިވާ ގަސްތަކެކެވެ. މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާއިއެކު، ރިސޯޓުތަކަށްއަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މިހާތަނަށް މ، ލ، އަދި ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެއަރޕޯޓް ހުރި ރަށްތަކަށްވެސް ހައިވަކަރު ގަސްތައް ވަނީހަދިޔާ ކުރެވިފައެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިން ދަނީކުރަމުންނެވެ. ހައިވަކަރު ގަސްތަކަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމަރކްއެއްގެގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް،ގަސްގަހާގެހި އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް، މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި

އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އޭޑީބީއާއިއެކު މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް!
