
ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް، މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކަލާއި، ރާއްޖޭގެ ނާޒުކުކަމަށް ހާއްސަ ކުރެވުނު ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އެކުލަވާލުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.
މި ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ވެރިންނާއި އެހެނިހެން ބައިވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތަކާއި، ރާއްޖޭގެ ނާޒުކުކަމާއި، މޫސުމީ ނުރައްކާތަކުގެ އިތުރުން މޫސުމަށް ތިމާވެށި ހޭނުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެ މަސައްކަތަށް އިރުޝާދު ދިނުން ކަމަށެވެ.
އެން.އޭ.ޕީ އަކީ ރާއްޖެއަށް ކުރިމަތިވެދާނެ މޫސުމީ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅުތަކެއްގެ ތަފްސީލީ ގައުމީ ޕްލޭނެކެވެ. މިފަދަ ވޯކްޝޮޕްތަކަކީ ރާއްޖޭގެ މުސްތަގުބަލް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަސައްކަތްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
ގުޅުންހުރި

ރާއްޖޭގައި ކެމިކަލް މެނޭޖްމަންޓް ހަރުދަނާ ކުރުމަށް ފުރަތަމަ ފަހަރަށް ވޯކްޝޮޕެއް!

ދައުލަތުގެ މުއައްސަސާތަކަށް ކްލައިމެޓް ފައިނޭންސް ޓެގިންގެ ތަމްރީނު ބާއްވައިފި

ޔޫތް ޓްރެކް ޓު ކޮޕް30 އަކީ ދިވެހި ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއް - ޔުނިސެފް
.webp&w=3840&q=75)