
ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް ޔުޓިލިޓީ ކުންފުނިތަކާ ގުޅިގެން ޚާއްސަ ވޯކްޝޮޕެއް
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާއި، ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ މަޝްވަރާކުރުމަށް ޚާއްސަ އެއްދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި ކަމާބެހޭ ޔުޓިލިޓީ ކުންފުނިތަކާއި، ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެމް.އޯ.ޓީ.އެމް.ވީ) ގެ އިސް އޮފިޝަލުން ބައިވެރިވި ކަމަށެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ، ގައުމީ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލުތަކެއް ހޯދުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. ހާއްސަކޮށް، ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ނިޒާމީ ގޮންޖެހުންތަކަށް އައު ހައްލުތަކެއް ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހުރަހެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައި ވެއެވެ.
މި ވޯކްޝޮޕަކީ، ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާބާދީގެ އިތުރުވުމާ އެކު ކުރިމަތިވާ ކަރަންޓުގެ ބޭނުން އިތުރުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މި ވޯކްޝޮޕްގެ ނަތީޖާއެއްގެ ގޮތުން ކަރަންޓުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް، މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި

އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އޭޑީބީއާއިއެކު މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް!
