
އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ޔަމަނުގެ ހޫތީން ހަމަލާދީފި އެވެ.

މިކަން ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ދާދި ދެންމެ އަކު ވަނީ އިއުލާނުކޮށްފައި އެވެ.
ޔަހްޔާ ސާރީ ވިދާލު ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ "އިޓާނިޓީ ސީ" ނަމަކަށް ކިޔާ އުޅަނދަކަށް ޑްރޯންއާއި ހަ ކްރޫޒް މިސައިލް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.
އެގޮތުން އެބޯޓަކީ ހިފާފައިވާ އުމް އަލް ރަޝްރާޝް (އެއިލަތު) ބަނދަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޫތީންގެ އެހެން އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާ އަރަބިކްއިން ރިޕޯޓުކުރަމުންދާގޮތުގައި މި ހަމަލާދިނީ ޔަމަނުގެ ބާރުތަކުން ތަކުރާރުކޮށް އެ އުޅަނދަށް ދިން އިންޒާރުތަކަށް ތަބާނުވުމުންނެވެ. އެގޮތުން ހަމަލާދިނުމުގެ ކުރީން އެ އުޅަނދުގެ މިސްރާބު ބަދަލުކުރުމަށް އިންޒާރުދިން ކަމަށާއި އެކަމަށް ތަބާނުވެ އުމް އަލް ރަޝްރާޝްއަށް އެ އުޅަނދު ދަތުރުކުރީ ކަމަށް އަލް ޖަޒީރާ އަރަބިކްއިން ވަނީ ރިޕޯޓުކޮށްފައި އެވެ.
އަލް ޖަޒީރާއިން މިއަދު ވަނީ ޔަމަނުގެ ހޫތީ ޖަމާއަތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ރަތް ކަނޑުގައި އޮތް ލައިބީރިއާގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓަކުން ފަސް ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި އެވެ. އެގޮތުން ހަމަލާދިން އިރު އެބޯޓުގައި 22 މީހުންގެ ފަޅުވެރިން ތިބި ކަމަށާއި އޭގެ ތެރެއިން ތިން ފަޅުވެރިން މަރުވެ، އިތުރު ދެ ފަޅުވެރިއަކު ޒަހަމްވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައި އެވެ.
މި ހަމަލާ އަކީ މިއަދު ހެނދުނުގެ ވަގުތުގައި ދިން ހަމަލާއެއް ނަމަވެސް މި ހަމަލާގެ ޒިންމާ ހޫތީން ނެގީ މިރެއެވެ.
ގުޅުންހުރި

އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ހޫތީން ހަމަލާދީފި

ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި: 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކުރި!

ޔަމަނުގެ ހޫތީން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި: ތެލް އަވީވްއާއި ހިފާފައިވާ ގުދުސްގައި ގޮވުންތަކުގެ އަޑުތައް!
