
އިސްރާއީލުން އިރާނަށް މިދިޔަ މަހު ދިން ހަމަލާތަކުގައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަހާރަކޮށްލަން މަސައްކަތްކުރިކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެވެ.
އެގޮތުން އީރާނުގެ ރައީސް ވިދާޅުވެފައިވަނީ އިޒްރޭލުން އޭނާ އަވަހާރަކޮށްލަން "މަސައްކަތް ކުރި ނަމަވެސް ނާކާމިޔާބުވެފައިވާ" ކަމަށާއި އޭނާ އިސްވެ ހުންނަވައި ކުރިޔަށްގެންދިޔަ ސަލާމަތީ ބައްދަލުވުމެއް ބާއްވަމުން ދިޔަ ތަނަކަށް އިސްރާއީލުން ބޮން އެޅިކަމަށެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ މަޝްވަރާތަކުގައި މަސައްކަތް ކުރީ ޑިޕްލޮމެސީގެ އުސޫލުން ކުރިޔަށްދާން ކަމަށާއި ޓްރަމްޕްގެ ސަރުކާރުން މަޝްވަރާތައް ކުރިޔަށްދާހާ ހިނދަކު އިޒްރޭލުން ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދިން ކަމަށެވެ. ނަމަވެސް ދެން "އިސްރާއީލުން މަޝްވަރާތައް ނިގުޅައިގަތީ." ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށާއި އާލާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އައިއޭއީއޭއަށް ވަނުމުގެ ހުއްދަ ދިނުމުގެ ފީސިބިލިޓީ ދެނެގަތުމަށް އޮފިޝަލުންނަށް ބިމުގެ އަޑީގައި ހުންނަ ތަންތަނަށް ނުދެވުނު ކަމަށެވެ. އަދި އައިއޭއީއޭއަށް ބޭނުންވާ މައުލޫމާތު ނުދެވި ވަނީ އެސަބަބާއި ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ލަފަޔަކީ، އެމެރިކާއާ މެދު ކަންބޮޑުނުވާ ހަމަނުޖެހުންތަކަކަށް އެމެރިކާ ސަރުކާރުން ނުފޫޒު ފޯރުވުމާ ދުރުހެލިވުން. އެއީ ނަތަންޔާހޫ އާއި އިރާނާއި ދެމެދު ހިނގާ ހަމަނުޖެހުންތަކެއް " އޭނާ ވިދާޅުވިއެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަހާރަކޮށްލަން މަސައްކަތްކުރި ކަން ހާމަވެފައިވާއިރު އިސްރާއީލުން މިކަމާއި ގުޅިގެން އަދި މިހާތަނަށް ބަހެއް ބުނެފައިނުވެއެވެ.
ގުޅުންހުރި

އިރާނުގެ ރައީސް އަވާހަރަކޮށްލަން އިސްރާއީލުން މަސައްކަތް ކުރި!

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން
