
އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!
# އިރާން - އިސްރާއީލްއިރާނާއި އިސްރާއީލާއި ދެމެދު ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް އިސްރާއީލުން އިރާނަށް ހަމަލާދިނުމާއި ގުޅިގެން އިރާން ދިން ރައްދު ހަަމަލާގައި އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވި ކަމަށް އިސްރާއީލުން ބުނެފި އެވެ.

މިގޮތުން މިއަދު ހެނދުނު އިޒްރޭލުގެ ދެކުނުގައި އޮންނަ ބިއާޝެބާއަށް އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާގައި އިޒްރޭލުގެ ހަތަރު މީހަކު ވަނީ މަރާލާފައި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މިރޭ ރަސްމީކޮށް ހާމަކުރި ގޮތުގައި އިރާނުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އިސްރާއީލު އަސްކަރިއްޔާގެ ސިފައިންގެ މީހަކު ހިމެނެއެވެ. އަދި އޭނާއަކީ އުމުރުން 18 އަހަރުގެ އީޓަން ޒެކްސް ކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ބިއާޝެބާއަށް އިރާނުން ހަމަލާދިނީ ހަމަލާތައް ހުއްޓާލުމަށް ދެގައުމުންވެސް އެއްބަސްވެ އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން އިރުކޮޅަކަށް ވެފައި ވަނިކޮށެވެ. އިރާނުން މި ހަމަލާދިނީ އޭގެ އިރުކޮޅެއް ކުރީން އިސްރާއީލުން އިރާނަށް ފާއިތުވި 12 ދުވަހުގެ ނުދޭވަރުގެ ބޮޑެތި ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ.
އެހަމަލާތަކާއި ގުޅިގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެގައުމު ގެނައުމަށް މަސައްކަތް ކުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކޮށްފައެވެ. އަދި ވަގުތުން ވަގުތަށް އެހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ޓްރަމްޕު ވަނީ އިންޒާރުވެސް ދީފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
