
ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ އެވެ.

މިކަން އިއުލާނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެވެ.
ޓްރަމްޕު ދާދި ދެންމެ އަކު އިއުލާނުކުރި ގޮތުގައި އިޒްރޭލާއި އީރާނުން ހަމަލާބަދަލުކުންތައް ހުއްޓާލުމަށް އެއްބަސްވެ، ހަނގުރާމަ ނިމުމަކަށް ގެންނާން މިހާރު ވަނީ އެއްބަސްވެފައި އެވެ.
އަދި އެ އެއްބަސްވުމަށް ކުރިޔަށް އޮތް 6 ގަޑިއިރެއްހާ ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައި އެވެ.
ޓްރަމްޕު ވިދާޅުވީ ހަމަލާތައް ކުރިޔަށް އޮތް 6 ގަޑިއިރުގެ ތެރޭގައި ހުއްޓާލަން ދެގައުމުން އެއްބަސްވީ ކުރިޔަށް ހުރި ގަޑިތަކުގައި އެގައުމުތަކުގެ އަސްކަރިއްޔާއިން ހިންގާ އޮަޕަރޭޝަންތައް ފުރިހަމަކުރުމަށް ކަމަށެވެ.
އެއްބަސްވި ހަމަލާބަދަލުކުރުގެ އެގްރިމެންޓުގެ އިތުރު ތަފްސީލް ދެއްވަމުން ޓްރަމްޕު ވިދާޅުވީ އިރާނުން ކުރިޔަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ހަމަލާތައް ހުއްޓާލާނެ ކަމަށާއި އިސްރާއީލުން ހަމަލާތައް ހުއްޓާލާނީ އެއްބަސްވުމަް އަމަލުކުރަން ފަށާތާ 24 ގަޑިއިރުން ކަމަށެވެ. އަދި މިއާއިއެކު ކުރިޔަށް ހުރި ގަޑިތަކުގައި 12 ދުވަސްވީ މި ހަނގުރާމަ އެއްކޮށްހެން ނިމުމަކަށް އަންނާނޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕު ވަނީ ހަމަލާތައް ހުއްޓާލަން ދެގައުމުން އެއްބަސްވުމަކީ ދެގައުމުގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ އެކަމަށްޓަކައި ދެގައުމަށް މަރުހަބާ ދަންނަވާފައި އެވެ.
އިރާން-އިސްރާއީލް ހަނގުރާމައަކީ ދިގު މުއްދަތަކަށް ދިގު ދެމިގެން ގޮސްފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ހަނގުރާމައެއް ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕު މިފަދައިން ބުނި ނަމަވެސް އަދި މިހާތަނަށް މިކަން އިސްރާއީލާއި އިރާނުންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޓްރަމްޕު މިކަން އިއުލާނުކުރުމުގެ އިރުކޮޅެއް ކުރީންވެސް އިސްރާއީލުން ވަނީ އިރާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާއެއް ދީފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
