
ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން
# އިރާން - އިސްރާއީލްހަމަލާތައް ހުއްޓާލުމަށް އިރާނުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިރޭ އިއުލާނުކުރެއްވުމާއިއެކު އެކަން އިރާނުގެ އިސް އޮފިޝަލަކު ދޮގުކުރައްވައިފި އެވެ.

އިރާނުގެ އީރާނުގެ އިސް އޮފިޝަލަކު ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީރާނަށް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލަންޖެހޭ ހާލަތެއް އަދި އޮތް ކަމަކަށް ނުވަތަ އެފަދަ އެއްބަސްވުމަކަށް އިރާނުން ތަބާވާންޖެހޭ ފަދަ ހާލަތެއް އޮތް ކަމަކަށްވެސް ގަބޫލުނުކުރައްވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ދެމެހެއްޓެނިވި ސުލްހައެއް ލިބެންދެން އީރާނުން ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށާއި އިޒްރޭލާއި އެމެރިކާއިން ދައްކާ ވާހަކަތަކަކީ އީރާނުގެ މަސްލަހަތަށް ދޭ ހަމަލާތައް ޖަސްޓިފައި ކުރުމުގެ މަގްސަދުގައި ދައްކަމުންދާ މަކަރުވެރި ވާހަކަތަކެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރުވެސް ދުޝްމަނުން ދަނީ އީރާނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގަމުން ކަމަށާއި، އީރާނުގެ ސިޔާދަތު ހިފެހެއްޓުމަށްޓަކައި ބަދަލުހިފުމުގެ ހަމަލާތައް އިތުރުކުރަން ތައްޔާރުވަމުން ކަމަށެވެ.
އިރާނުގެ އޮފިޝަލް މިފަދައިން ބުނެފައިމިވަނީ އިޒްރޭލާއި އީރާނުން ހަމަލާބަދަލުކުންތައް ހުއްޓާލުމަށް އެއްބަސްވެ، ހަނގުރާމަ ނިމުމަކަށް ގެންނާން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިރޭ އިއުލާނުކުރެއްވުމާއި އެކުގައި އެވެ. އެ އެއްބަސްވުމަށް ކުރިޔަށް އޮތް 6 ގަޑިއިރެއްހާ ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައި އެވެ. އަދި ޓްރަމްޕު ވިދާޅުވީ ހަމަލާތައް ކުރިޔަށް އޮތް 6 ގަޑިއިރުގެ ތެރޭގައި ހުއްޓާލަން ދެގައުމުން އެއްބަސްވީ ކުރިޔަށް ހުރި ގަޑިތަކުގައި އެގައުމުތަކުގެ އަސްކަރިއްޔާއިން ހިންގާ އޮަޕަރޭޝަންތައް ފުރިހަމަކުރުމަށް ކަމަށެވެ.
އެއްބަސްވި ހަމަލާބަދަލުކުރުގެ އެގްރިމެންޓުގެ އިތުރު ތަފްސީލް ދެއްވަމުން ޓްރަމްޕު ވިދާޅުވީ އިރާނުން ކުރިޔަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ހަމަލާތައް ހުއްޓާލާނެ ކަމަށާއި އިސްރާއީލުން ހަމަލާތައް ހުއްޓާލާނީ އެއްބަސްވުމަް އަމަލުކުރަން ފަށާތާ 24 ގަޑިއިރުން ކަމަށެވެ. އަދި މިއާއިއެކު ކުރިޔަށް ހުރި ގަޑިތަކުގައި 12 ދުވަސްވީ މި ހަނގުރާމަ އެއްކޮށްހެން ނިމުމަކަށް އަންނާނޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.
ނަމަވެސް ޓްރަމްޕުގެ މި ވާހަކަތަކަށް އިސްރާއީލާއި އިރާނުގެ ސަރުކާރުންވެސް ރަސްމީގޮތުން ބަހެއް އަދި މިހާތަނަށް ބުނެފައި ނުވެއެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
