logoEN
Sto top
ފަލަސްތީނުގެ ބިމުން އިތުރު 74 ހެކްޓަރުގެ ބިން ޔަހޫދީން ފޭރިގަނެފި

ފަލަސްތީނުގެ ބިމުން އިތުރު 74 ހެކްޓަރުގެ ބިން ޔަހޫދީން ފޭރިގަނެފި

އަހުމަދު ޝުރާއު

logo

7/7/2025, 4:03:35 PM

# ފަލަސްތީން - އިސްރާއިލް

ފަލަސްތީނުގެ ބިމުން އިތުރު 74 ހެކްޓަރުގެ ބިން ޔަހޫދީން ފޭރިގަނެފި އެވެ.

Wamco

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގެ އިރު އުތުރުގައި އޮންނަ ފަލަސްތީނުގެ އަވަށްތައް ކަމަށްވާ އަލް މުޣައްޔިރާއި ކިރްބެތު ޖަބާއީގައި ހުރި 74 ހެކްޓަރު (ގާތްގަނޑަކަށް 183 އޭކަރު) ގެ ބިން ފޭރިގަނެފައިވާކަން ރަސްމީކޮށް ހާމަކުރީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުންނެވެ.

އެގޮތުން އިސްރާއީލުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނަށް އިޝާރާތްކޮށް ވަފާ ނިއުސް އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މި ސަރަހައްދު ރަސްމީކޮށް "ސްޓޭޓް ލޭންޑް" ގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮންޓްރޯލް އިތުރުކޮށް ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ސަރަހައްދުގައި 2015 ވަނަ އަހަރު އަލްމުޣައްޔިރުގެ ބިމުގައި ގާނޫނާ ހިލާފަށް އިމާރާތްކުރި މަލަޗައި ހާޝަލޯމް އައުޓްޕޯސްޓް ހިމެނެ އެވެ.

އެ ކޮމިޝަނުން ބުނީ މި ފިޔަވަޅު އެޅުމުގެ މަގުސަދަކީ މީގެ ދެ އަހަރު ކުރިން އިސްރާއީލުގެ ހަރުކަށި ފިކުރުގެ ސަރުކާރުން ރުހުން ދޭން ވައުދުވި މި އައުޓްޕޯސްޓް "ލީގަލައިޒް" ކޮށް، މުއްދަތު އިތުރުކުރުން ކަމަށެވެ.

2023 ވަނަ އަހަރު ފެށުނީއްސުރެ އިޒްރޭލުން "ދައުލަތުގެ ބިން"ގެ ގޮތުގައި ޖުމްލަ 2،582 ހެކްޓަރު (6،380 އޭކަރު) ކަނޑައަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside