
ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި: 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކުރި!
# ހޫތީންޔަމަނަށް ރޭ ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި އެވެ.

އިސްރާއީލުން ރޭގެ ވަގުތެއްގައި ވަނީ ޔަމަނުގެ ޕޯޓުތަކަކާއި ޕަވާރ ޕްލާންޓުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ.
މިކަމާއި ގުޅިގެން ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ ރޭގެ ހަމަލާގައި އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން އިސްރާއީލުގެ ހަނގުރާމަމަތީ ގިނަ މަތިންދާބޯޓުތައް ހުއްޓުވާފައިވާ ކަމަށާއި، ޔަމަނުގެ ގިނަ ސިޓީތަކަކަށް ހަމަލާ އަމާޒުކުރުން އިސްރާއީލުން ކުރި މަސައްކަތް ފެއިލް ކޮށްލެވުނު ކަމަށެވެ.
ޔަހްޔާ ސާރީ ވިދާޅުވީ ޔަމަނުގެ އަސްކަރިއްޔާއިން އިސްރާއީލުގެ މަތިންދާބޯޓުތައް ޔަމަނުގެ ވައިގެ ސަރަހައްދުން ނުކުތުމަށް މަޖުބޫރުކުރި ކަމަށެވެ.
މި އަމަލުތަކާ ގުޅިގެން ޔަމަނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލުގެ އެކި ތަންތަނަށް އަމާޒުކޮށް 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހާއްސަ ކައުންޓާ އޮޕަރޭޝަނެއް ފަށާފައި ކަމަށްވެސް ޔަހްޔާ ސާރީ ވިދާޅުވި އެވެ.
އެގޮތުން ޔަމަނުން ހައިޕަސޮނިކް މިސައިލް ބޭނުންކޮށްގެން ބެން ގުރިއަން އެއާޕޯޓާއި އަޝްދޯދު ބަނދަރާއި އަޝްކެލޯންގެ ކަރަންޓް ފެސިލިޓީއަކަށް ހަމަލާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ގުޅުންހުރި

އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!




