logoEN
Sto top
ހަނިމާދޫ އެއަރޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލާކަށް ނޫޅޭ: ސަޢީދު

ހަނިމާދޫ އެއަރޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލާކަށް ނޫޅޭ: ސަޢީދު

އަހުމަދު ޝުރާއު

logo

7/5/2025, 1:40:00 PM

# މުހައްމަދު ސައީދު

--

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ދައްކަމުންދަނީ ޙަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އެކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ސައީދު މިފަދައިން ވިދާޅުވީ ދާދި ފަހުން ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ޖަލްސާއެއްގައި ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމާއި ގުޅޭ މަޝްވަރާތަކެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ކޮށްފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން އެކަން ދޮގުކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމަވާފައި ނުވާކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ކުރިއަށް ގޮސްފައިވާކަމަށް ބުނެ ފަތުރަނީ ދޮގުކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިފަދަ ތުހުމަތުތަކެއް ކުރެއްވި އިރު މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗެޓް ޓާމިނަލެއް ތަރައްގީކޮށް އެތަން ހިންގަން ބޭރުގެ ކުންފުންޏާއިއެކު ސަރުކާރުން މަޝްވަރާކުރަމުންދާ ވާހަކަތަކެއް ވަނީ ފެންމަތިވެފައި އެވެ. ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އެފަދަ މަޝްރޫއުއެއް ކުރިޔަށް ގެންދިޔުމަށްޓަކައި މަޝްހޫރު ޖެޓެކްސް ކުންފުނިން ދިވެހި ސަރުކާރަށް ވަނީ ޕްރޮޕޯސަލްއެއް ހުށަހަޅާފައި އެވެ. ނަމަވެސް އެކަމާއި ގުޅިގެން ދިވެހި ސަރުކާރުން އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވެއެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ. ހަނިމާދޫ އެއާޕޯޓު މިވަގުތު ހިންގަމުންދަނީ ރާއްޖޭގެ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside