logoEN
Sto top
ކޭއެސްއޭ ޖޫނިއަރ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ކުލަބު ހުޅުން ޔަގީންކޮށްފި

ކޭއެސްއޭ ޖޫނިއަރ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ކުލަބު ހުޅުން ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

7/5/2025, 6:23:13 AM

# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް

ކޭއެސްސީ ޖޫނިއަރސް އާއި ކުލަބު ހުޅު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހެނދު ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ޖޫނިއަރ (ކޭއެސްއޭ ޖޫނިއަރ) އާއި ކުލަބު ހުޅު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ކުލަބު ހުޅުން ޔަގީންކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޭއެސްއޭ ޖޫނިއަރ ކުޅުނު ފުރަތަމަ ދެމެޗުގައި އޭއެލްޓީ އަދި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) އަތުން ވެސް 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ކުލަބު ހުޅުގެ ފުރަތަމަ ދެމެޗުގައި އެޓީމުން ވަނީ ކޭއެސްއޭ އަދި އޭއެލްޓީ ވެސް ސީދާ ދެސެޓުން ބަލިކޮށްފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކުލަބު ހުޅުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ކުލަބު ހުޅުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 14-8 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ހުޅުގެ އާމިނަތު އަރުޝާ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީމު ހުޅުން ޖާގަ ހޯދިއިރު، ކޭއެސްއޭ ޖޫނިއަރ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside