
ކުލަބު ވޯލްޑްކަޕް: އަލް ހިލާލް ކަޓުވާލުމަށްފަހު ފުލޫމިނެންސް ސެމީއަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ކުލަބު ވޯލްޑްކަޕް 2025ފުލޫމިނެންސް އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން..
މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ސައުދިއަރަބިޔާގެ އަލް ހިލާލް އާއި ބްރެޒިލްގެ ފުލޫމިނެންސް ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފުލޫމިނެންސް މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މީގެ ކުރިން މިމުބާރާތުގެ ފައިނަލުގައި މިދެޓީމުން ވެސް ވާދަކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން 5-3 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިވިއިރު، 2023 ވަނަ އަހަރުގެ ފައިނަލުގައި ފުލޫމިނެންސް ބަލިވީ މެންޗެސްޓާ ސިޓީ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
ފުލޫމިނެންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ޔުއެފާ ޗެންޕިއަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އަލް ހިލާލް ކުއާޓާ ފައިނަލުން ޖާގަހޯދީ އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ 4-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލޫމިނެންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާޓިނެއްލީ އެވެ.
އަލް ހިލާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މާކޯސް ލިއޮނާލްޑޯ އެވެ. މިއީ މިމުބާރާތުގައި ކުޅުނު ފަސް މެޗުގައި އުމުރުން 22 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
ފުލޫމިނެންސް ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހާކިއުލެސް އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ފުލޫމިނެންސް ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




