logoEN
Sto top
ކުއީންސް ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބު ހުޅުން ހޯދައިފި

ކުއީންސް ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބު ހުޅުން ހޯދައިފި

ހަސަން ޝަމްއޫން

logo

7/5/2025, 4:32:26 AM

# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ދިވެހި ކުޅިވަރު

ކުއީންސް އާއި ކުލަބު ހުޅު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ސެމީފައިނަލް ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ކުއީންސް ބަލިކޮށް މުބާރާތުގެ ފައިނަލުން ކުލަބު ހުޅު ޖާގަ ހޯދައިފި އެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން ކުލަބު ހުޅު ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެެވެ. އަދި ކުއީންސް ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 10-14 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ހުޅުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ކުލަބު ހުޅުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 20-11 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ހުޅުގެ ފާތިމަތު އަރުޝާ އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside