logoEN
Sto top
ފެނަކައަށް 13 އަހަރު: ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ފެނަކައަށް 13 އަހަރު: ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

އަހުމަދު ޝުރާއު

logo

7/4/2025, 11:38:34 AM

# ފެނަކަ ކޯޕަރޭޝަން

-

ފެނަކަ ކޯޕަރޭޝަނަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެމުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފި އެވެ.

Wamco

ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި މުވައްޒަފުންނަށް ހަނދާނީ ލިޔުން އެރުވީ އެކުންފުނީގެ އެމްޑީ މޭޖަރ ( ރިޓަޔަރޑް) މުހައްމަދު ނަޖާހު އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ނަޖާހު ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް އަރިސްކުރައްވައި ހުއްޓުމެއްނެތިި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން ރެޔާއި ދުވާލު ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައި އެވެ.

އެމްޑީ ނަޖާހުގެ ވާހަކަފުޅުގައި ފެނަކައިގެ އުމުރުން ހޭދަވި 13 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމުގައި ވިދާޅުވެފައި އެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ ރަށްތަކަށް ތައާރަފްކުރުމާއި ފެނުގެ ނިޒާމް ހަރުދަނާކޮށް ރަށްތަކަށް ކޮލެޓީ ފެން ފޯރުކޮށްދިނުމާއި ނަރުދަމާ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އަދި ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހަކަމާއިއެކު އޮންލައިންކޮށް ހިދުމަތްތައް ލިބިދެވޭ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިޔަށް ގެންދެވޭނެ ކަމުގައި ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުންފުނި ރީފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން އައިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮޖެކްޓު މިއަހަރުގެ ތެރޭގައި ލޯންވުކުރެވި ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ކުންފުނީގެ ގިނަ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ނިންމާލެވޭ ކަމުގައިވެސް އެމްޑީ ނަޖާހު ވިދާޅުވިއެވެ. އަދި ކުންފުނީގެ މާލީ ކަންކަން ތަރުތީބުކޮށް ކުންފުނީގެ ހަރަދު ކުޑަކުރުމަކީ ކުންފުނި ސަސްޓެއިންކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅު ގޮތުގައި ކަނޑައަޅައި އެކަން ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ހަރަދުތައް ކުޑަކުރެވިފައިވާ ކަމުގައި ވެސް އެމްޑީ ވިދާޅުވިއެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައި އެކުންފުނީގައި ކުރެވުނު އޮޕަރޭޝަންސް މަސައްކަތުގެ ތެރެއިން ރަށްރަށުގެ ބްރާންޗުތަކަށް ޖުމުލަ 29 އައު ޖެނެރޭޓަރު ވަނީ ފޮނުވިފައި އެވެ. އަދި 22 ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނު އިރު 7 ޖަނަރޭޓަރު މިހާރު ދަނީ އިންސްޓޯލް ކުރެވެމުންނެވެ. އަދި 23 ޖަނެރޭޓަރުގެ އޯވާހޯލް މަސައްކަތް ކުރެވިފައިވާއިރު 86 ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ވަނީ ކުރެވިފައި އެވެ. މީގެ އިތުރުން އިތުރު 12 ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ 178 ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަށްރަށަށް މުދާ ފޮނުވަން ވަނީ ފަށާފައި އެވެ. މިއާއި އެކު މި ހިނގާ ޖުލައި މަހުގެ ތެރޭގައި މި ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside