
ބީސްޓް ކަޓުވާލުމަށްފަހު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖީ ޓައުންސް ސެމީއަށް
# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބްޖީ ޓައުންސް އެސްސީ އާއި ބީސްޓް އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހެނދުނު ޖީ ޓައުންސް އެސްސީ އާއި ބީސްޓް އެސްސީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖީ ޓައުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޖީ ޓައުންސް ކުޅުނު ފުރަތަމަ މެޗުގައި އާރުޑީއެލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ބީސްޓް އެސްސީގެ ފުރަތަމަ މެޗުގައި އެޓީމު ވެސް ވަނީ އާރުޑީއެލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ސެޓްގައި މޮޅަށް ކުޅެ ޖީ ޓައުން އިން މެޗު ޑޮމިނޭޓްކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޖީ ޓައުން އިން ކާމިޔާބުކުރީ 14-16 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީ ޓައުންގެ އަބްދުﷲ ޒަހުވާން އިމްތިޔާޒް އެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
