logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ރޯޔަލްސް ސިޓީ އެސްސީ ބަލިކޮށް ފެމެލީ ބޭކާސް ސެމީފައިނަލް ޔަގީންކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ރޯޔަލްސް ސިޓީ އެސްސީ ބަލިކޮށް ފެމެލީ ބޭކާސް ސެމީފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

7/5/2025, 4:00:00 AM

# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ދިވެހި ކުޅިވަރު # ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025

ފެމެލީ ބޭކާސް އާއި ރޯޔަލްސް ސިޓީ އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހެނދުނު ފެމެލީ ބޭކާސް އާއި ރޯޔަލްސް ސިޓީ އެސްސީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފެމެލީ ބޭކާސް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ

Wamco

ރޫޕް ސްޓޭޖުގައި ފެމެލީ ބޭކާސް ކުޅުނު ފުރަތަމަ މެޗުގައި އޮޑި އެސްސީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ރޯޔަލްސް ސިޓީގެ ފުރަތަމަ މެޗުގައި އެޓީމު ވެސް ވަނީ އޮޑި އެސްސީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 22-14 ގެ ނަތީޖާއަކުން ފެމެލީ ބޭކާސް ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 14-15 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެމެލީ ބޭކާސްގެ ޝަމްނޫޒް މުހައްމަދު ނަސީމް އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside