
ވިލިފުށީ ހައުސިންގ ޔުނިޓުތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ވިއުގަ ގާއިމްކުރުމުގެ މަސައްކަތް ފެނަކައަށް!
# ފެނަކަ ކޯޕަރޭޝަން--
ތ ވިލިފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބޭނުންވާ ވިއުގަ ގާއިމްކުރުމުގެ ޕްރޮޖެކްޓު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮތް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މޭނޭޖިންގ ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.
މިނިސްޓްރީން ބުނީ މި ކޮންޓްރެކްޓުގެ ޖުމުލަ އަގަކީ 13،809،463.64 ދިވެހި ރުފިޔާ ކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.
ތ ވިލިފުށީގައި ސަރުކާރުން ވަނީ 100 ހައުސިންގ ޔުނިޓު ތަރައްޤީކޮށްފައި އެވެ. މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު މި ޔުނިޓުތަކަށް މީހުން ވައްދަން ފަށާނި ފެނަކައި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ފުރިހަމަކުރެވުމާއި އެކުގައި އެވެ،
ސަރުކާރުން ދަނީ ގިނަ ޕީއެސްއައިޕީ މަޝްރޫއުތަކެއްވެސް ފެނަކައާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާއިރު ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.
ގުޅުންހުރި

ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން، މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެ - ފެނަކަ

ހިންނަވަރު ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި





