logoEN
Sto top
އުތުރުގެ އަތޮޅުތައް ހުދު ސަމާލުގައި!

އުތުރުގެ އަތޮޅުތައް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

7/3/2025, 11:48:50 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 15:45 އިން ފެށިގެން މިރޭގެ 20:00 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ އިދާރާއިން އިއްޔެ ވަނީ ރާއްޖޭގެ އުތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖޭއަށް ކުރާނެ ކަމަަށް ލަފާކޮށްފައި އެވެ. މި ކޮޅިގަނޑާއިއެކު އުތުރަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

ރާއްޖެއަށް މިދިޔަ ހަފްތާގައި ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވި އިރު ބައެއް ސަރަހައްދުތަކަށް ވަނީ އުދައިގެ އަސަރުވެސް ކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside