
ޣައްޒާގެ ކެފޭއަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި: ޝަހީދުވި މީހުންގެ ތެރޭގައި ފޮޓޯޖާނަލިސްޓަކު ހިމެނޭ!
# ޣައްޒާޣައްޒާގެ ކެފޭއަކަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާއިން ވައިގެ ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ ސިޓީގެ ގޮނޑުދޮށުގައި ހުންނަ އަލްބަކާ ކެފެޓީރިއާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 15 މީހަކު ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ.
އަދި މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ މަޝްހޫރު ފޮޓޯ ޖާނަލިސްޓު އިސްމާއިލް އަބޫ ހަތާބުވެސް ހިމެނޭ ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ބުނެއެވެ. އަދި ނޫސްވެރިޔާ ބަޔާން އަބޫ ސުލްތާން އަށް ވަނީ މި ހަމަލާގައި އަނިޔާވެފަ އެވެ.
މ ހަމަލާދިން ލްބަކާ ކެފެޓީރިއާ އަކީ ޣައްޒާގައި ހުންނަ "މޯލްޑިވްސް" ކެފޭޓީރިއާގައި ވަރަށް ގާތުގައި ހުންނަ ކެފޭއެކެވެ. ޔަހޫދީން މީގެ ކުރީން ދިން ހަމަލާގައި "މޯލްޑިވްސް" ކެފޭޓީރިއާ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި އެވެ.
މިއަދު ޔަހޫދީން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 40 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޣައްޒާއިން މިއަދު ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
