logoEN
Sto top
އައްޑޫގެ "ހަންކެޑެ" ހަލާލް ޓުއަރިޒަމަށް ތަރައްޤީކުރަނީ

އައްޑޫގެ "ހަންކެޑެ" ހަލާލް ޓުއަރިޒަމަށް ތަރައްޤީކުރަނީ

އަހުމަދު ޝުރާއު

logo

6/29/2025, 6:00:44 PM

# ފަތުރުވެރިކަމާ ބެހޭ ވުޒާރާ

--

އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Wamco

މިކަން ހާމަކުރައްވާ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މިގޮތުން އައްޑޫ ސިޓީގެ ހަންކެޑެ (LD0219) "ހަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ ވުޒާރާއިން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

ޙަލާލު ޓޫރިޒަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރެވިގެންދާ "ހަލާލް ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަސާއި އަދި މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC