
-
ޓޫރިޒަމް ޓްރަސްޓް ފަންޑު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގައި ބާއްވައިފިއެވެ.

މި ކޮމެޓީއަކީ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދު ނަންބަރު: (2025/R-76)ގެ ދަށުން އެކުލަވާލެވިފައިވާ ކޮމެޓީއެކެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ މިނިސްޓަރ ޠާރިޤު އިބްރާހިމް އެވެ. މި ކޮމިޓީގައި ހިމެނެނީ ހަ ސަރުކާރު އިދާރާގެ ތަމްސީލުކުރާ ފަރާތްތަކެވެ.
މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ ދަށުން ލިބޭ ފައިސާ، އިންސާފުވެރިކަމާއި ފޮރުވުމެއްނެތި ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި ހިންގުމެވެ.
މި ފަންޑުގެ ހަރަކާތްތައް މި ކޮމިޓީން ބެލެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





