
ރާއްޖެއާއި ކޮރެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ މިނިސްޓަރ، އޮނަރަބަލް ޠާރީޤު އިބްރާހިމް، ކޮރެއާ ރިޕަބްލިކްގެ ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމްގެ ނައިބު މިނިސްޓަރ، ހިޒް އެކްސަލަންސީ ދޭހިޔުން ކިމްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ކުރިޔަށްދާ އ.ދ ގެ ޓޫރިޒަމް ޖެނެރަލް އެސެމްބްލީގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެވެ.
މި ބައްދަލުވުމުގައި ދެގައުމު ދެމެދު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި މި މަޝްވަރާތަކުގައި ބާރުއަޅާފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކޮރެއާ މާކެޓުގައި އިތުރަށް ކުރިއެރުވުމާއި، މާކެޓިންގެ ދާއިރާއިން ދެގައުމު ގުޅުން ބަދަހިކުރުމަށެވެ.
މީގެ އިތުރުން ދެގައުމު ގުޅުވައިދޭ ކަނެކްޓިވިޓީ (ދަތުރުފަތުރުގެ ގުޅުން) ވަރުގަދަކުރުމަށްވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހި އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް ބެލެވޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





